ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނ. އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ އެ އަތޮޅުގެ މިލަދޫ އާއި ކުޑަފަރިއަށް ކުރަށްވާ ދަތުރުފުޅެކެވެ. 

އެގޮތުން މިލަދޫން ރައީސް ސޯލިހަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވާގޮތުގައި މިލަދުއަށް ރައީސް ވަޑައިގެންފައިވަނީ  މިލަދޫ ހިދާޔާ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރުމަށް މިއަދު ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި ރައީސް ވަނީ މިލަދޫ ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައިދެއްވާފައެވެ.

މި ދަތުރުފުޅުގައި މިލަދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައީސް ބައްދަލުކުރައްވާ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސްއޮފީހުން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން އެއަތޮޅު މަގޫދޫ ކައުންސިލާއިވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުން ކުރިއަށް ގެންދާނީ މިލަދޫގައި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. 

މިލަދުއަށްފަހު ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ނ. ކުޑަފަރިއަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ކުޑަފަރިއަށް ރައީސް ވަޑައިގަންނަވަނީ އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.