ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް މުހައްމަދު ޒާހިރު އައްޔަނުކޮށްފިއެވެ. 

ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ، އެތަނުގެ ރައީސް ކަަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝިފާއު ޓްރަބިއުނަލްގެ ރައީސްކަމުންނާއި މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެއެވެ

ރައީސް އޮފީހުން މިއަދު ބުނީ، ހުސްވެފައިވާ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް މއ. އާފިއާ، މުހައްމަދު ޒާހިރު މިއަދު ރައީސް ސޯލިހު އައްޔަންކުރައްވާފައިވާ ކަމަށެވެ.

ޒާހިރު ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަނު ކޮށްފައިވަނީ ޖެނުއަރީ 8 2019 ގެއެވެ. ޒާހިރަކީ ޔުނިވާސިޓީ އޮފް ލަންޑަންއިން ގާނޫނީ ދާއިރާ އިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.