ޕީޖީ ލީޑަރުންގެ އަތުން އެއްޗެއް އަތުލުމަކީ ކުރެވޭނެ ކަމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝިދު އެފަދައިން ވިދާޅުވެފައިވަނި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި، ގެއްލުވާލާފައިޥާ މީހުނާއި މަރުތައް ބެލުމަށް ހަދާފައިޥާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޕޯޓް މަޖިލީހުގެ ޕާލިމެންޓަރީ ގްރޫޕުތަކުގެ ލީޑަރުންގެ އަތުން އަތުލާފައިވާކަމަށް ބުނެ މީޑިއާތަކުގައި ފެތުރި ހަބަރުތަކާއި ގުޅިގެންނެވެ.

"މިމަޖިލީހުގެ ނިޒާމު ހިނގާގޮތް އަޅުގަނޑު ހިތުން ބައެއް ނޫސްވެރިންނަށް ހަމަ އެއްގޮތަކަށްވެސް އިނގިވަޑައެއްނުގަންނަވާ" މަޖިލީސް ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ އަތްޕުޅަށް ރިޕޯޓެއް ދިނުމަށްފަހު އަލުން އަނބުރާ އޭތި އަތުލުމަކީ ހިންގޭނެކަހަލަ އަމަލެއްނޫންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ސިއްރު ވިޔަސް ނުވިޔަސް ހާމަކުރަންޖެހޭ މައުލުމާތުތައް އެ ހާމަކުރަންޖެހޭ ފަރާތްތަކާއި އެކު އެގަޑީތަކުގައި ހާމަކުރެވޭނެކަމަށެވެ. 

އަދި އެރިޕޯޓް އަތުލުމަށް ނުވެސް ވިސްނާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މީގެ އިތުރުން އެ ޑްރާފްޓް ރިޕޯތް މަޖިލީހުގެ ޕީޖީ ލީޑަރުންގެ އަތުން އަތުނުލާކަމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ބުނެފައެވެ، 

ރިލްވާން މައްސަލައިގެ ޑްރާފްޓް ރިޕޯޓް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވާފައިވަނީ މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދެވެ. 


 މީގެ ކުރިން މައުލޫމާތު ލިބުނު ގޮޮތުގައި އެރިޕޯޓްގައި ހުރި ސިއްރުމައުލޫމާތުތައް ހާމަވެދާނެތީ އެރިޕޯޓްވަނީ ޕީޖީ ލީޑަރުންގެ އަތުން އަތުލާފައެވެ. 

އެހެން ނަމަވެސް އެރިޕޯޓް އަތުނުލާކަމަށް މަޖިލީހުން ބުނެފައިވަނީ، އެރިޕޯޓްގައި ހުރި ސިއްރު ހެކިންގެ މައުލޫމާތު ހާމަވެދާނެކަމުގެ ބިރު އޮތްކަމަށްބުނެ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުންފާޅުކުރަމުން އަންނަނިކޮށެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ އެ ރިޕޯޓްގައި ހުރި ސިއްރު މަޖިލީހުގެ ޕީޖީ ލީޑަރުން ހިފަހައްޓަވާނެކަމަށް ޔަޤީންކުރާކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.