ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒޭނާ ވަކިކުރުމުގެ މައްސަލަ އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ގޮތަށް ކޮމެޓީން ފާސްކޮށްފައިވަނީ ކޮމެޓީއަށް ހާޒިރުވެ ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޝަހީބާއި ޒައިނާގެ މައްސަލަ މީގެ ކުރިންވެސް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކޮށްފައިވެއެވެ. އަދި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވަނީ މަޖިލީހުގައި އަލަށް އަމުލުކުރަން ފަށާފައިވާ ގަވާއިދުގެ ދަށުންނެވެ. 

އަދި އެކޮމިޓީން އެ މައްސަލަ އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވާލުމަށް ހުށަހަޅުއްވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދުއެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރައްވާފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.