މިނިވަންނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އައިލާއާއި ހޯމް މިނިސްޓާރ އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައްދަލުކުރައްވައިފިއެވެ.

ރިލްވާޏްގެ އާއިލާ އާއި ހޯމް މިނިސްޓާރ އަދި ކޮމިޝަނަރ އޮފް ޕޮލިސް ބައދަލުކުރައްވަފައިވާއިރު މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ އާއި މަޝްވަރާ ކުރުމަށް އެކޮމެޓީ އާއި ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް މަޖިލީހުގައި ވަނީ އެދިވަޑައިގެންފައެވެ.

ގެއްލުވާލާފައިވާ މީޙުނާއި މަރާލާފައިޥާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރިލްވާން ކިޑްނެޕްކޮށް ކާރަކަށް އަރުވައިގެން ގެންގިސް ކަނޑު ބޯޓަކަށް އެރުވުމަށްފަހު މަރާލާފައިވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.