ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސްލީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހާ އެންބުރި ލަންކާއަށް ވަޑައިގެންފިއެވެ.

ލަންކާ ބޮޑުވަޒީރުގެ ދަތުރުފުޅަކީ ރާއްޖޭގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ދައުވަތަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެކެވެ. 

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާފައި ވެސް ވެއެވެ.

އޭގެއިތުރުން ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި، ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމާއި ސަގާފީ ގޮތުން ގުޅުން ބަދަހި ކުރުމުގެ އިތުރުން ސަރަޙައްދީ ސަލާމަތީ ރައްކާތެރިކަން އިތުރުކުރުމާ ބެހޭގޮތުން ދެގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.