ކަދުރަކީ އޭގައި ސިއްހީ އެތައް ފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ކަދުރުގެ ބާވަތްތަކުގެ ތެރެއިންވެސް އެންމެ ފައިދާ ބޮޑު ކަމަށް ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ހަދީޘް ބަސްފުޅުތަކުންނާއި، އަސްހާބު ބޭކަލުންނާއި، ދީނީ އިލްމުވެރިންގެ ބަސްފުޅުތަކުން ސާބިތުވެފައި އޮތީ މަދީނާ އަޖުވާ ކަދުރެވެ.

އަޖުވާ ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރ އެކުލެވިގެންވާ މޭވާއެކެވެ. އަދި އެއީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި މެގްނޭސިއަމްގެ އިތުރުން އަޔަން ފަދަ ވިޓަމިން އަދި މިނަރަލްގެ މާއްދާތައް އެކުލެވޭ މޭވާއެކެވެ.

މަދީނާ އަޖުވާ ކަދުރަކީ ވިހަތަކާއި، ސިހުރުން ރައްކާތެރިކޮށްދޭ އައްޑަނައެކެވެ.

ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(( مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً ، لَمْ يَضُرَّهُ فِي ذَلِكَ اليَوْمِ سُمٌّ وَلاَ سِحْرٌ )) [رواه البخاري (5445) مسلم (2047)]

މާނަ: "އެދުވަހެއްގެ ހެނދުނު (ހުސްބަނޑާހުރެ) އަޖުވާކަދުރުގެ ހަތްކަދުރު ކައިފިމީހަކަށް އެދުވަހަކު ވިހަޔެއް އަދި ކިޔެއް ސިޙުރެއްވެސް އެމީހަކަށް ނުޖެހޭހުއްޓެވެ"

އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް އަޖުވާ ކަދުރު ހިމެނުމަކީ މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.