މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި އޭނާގެ ޑެޕިއުޓީގެ މަޤާމު ގެއްލޭގޮތަށް ޓެކްސް ނުގުމާއިބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާހު ކޮމިޓީން ފާސްކުރި އިރު މީރާގެ ހުރިހާ ބޯޑް މެމްބަރުންގެ މަޤާމު ގެއްލޭގޮތަށް ވަނީ ހިމަނާފައެވެ. 

އެހެންނަމަވެސް އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މީރާގެ ބޯޑް މެމްބަރުންގެ މަޤާމު ނުގެންލޭގޮތަށް ވަނީ އިސްލާހުކޮށްފައެވެ. 

ނަމަވެސް ޔަޒީދާއި އޭގެ ޑެޕިއުޓީގެ މަޤާމު ގެއްލޭގޮތަށް އޮތްބައި އިސްލާހުކޮށްފައެއް ނުވެއެވެ. އަދި  އެ އިސްލަހުގައި ވާގޮތުން ރައީސުލްޖުމްހުރިއްޔާ އެ އިސްލާހު ތަސްދީޤުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޔަޒީދުގެ މަޤާމުގެ ގެއްލޭނެއެވެ. 

މި އިސްލާހު ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ. އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެމްބަރަކު ތިއްބެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.