ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީޤު ކުރެއްވުމާއި އެކު ޖުޑިޝަލް އެކެޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަޤާމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރުގެ މަޤާމު ގެއްލިއްޖެއެވެ.

ޖޭއެސްސީގެ ޤާނޫނަށް ގެނެސްފައިވާ ދެވަނަ އިސްލާހު ރައީސުލްޖުމްހުރިއްޔާ ތަސްދީޤު ކުރައްވާ ގެޒެޓްގައި ޝާއިއު ކޮށްފައިވަނީ މިއަދުއެވެ. 

އެ އިސްލާހުގައި ވާގޮތުން ސުޕްރީމް ކޯޓުގެ ދަށުން މިހާރު ހިިންގަމުން އަންނަ ޑީޖޭއޭ އުވި ޖޭއެސްސގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑީޖޭއޭ ބަދަލުކުރިވި އާ އިދާރާއެއް އުފެދޭނެއެވެ. 

އަދި ޤާނޫނުގެ ދަށުމް އާ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ބޭފުޅަކު އައްޔަން ކުރުމާއި އެ މަޤާމުގައި ހުންނަ ބޭފުޅަކު މަޤާމުން ވަކިކުރުމަކީ ޖޭއެސްސީއަށް ލިބިގެންވާ ބާރެކެވެ. 

މީގެ އިތުރުންވެސް ބޮޑެތި އިސްލާހުތަކެއް ޖޭއެސްސީގެ ޤާނޫނަށް ގެނެސްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.