ޚަބަރު
ބްލޫ ކާބަން ރާއްޖެއިން ބޭރަށް ވިއްކޭތޯ ބަލަން ފަށައިފި
-- ފޮޓޯ: އައިޓީއެފްސީ

ރާއްޖޭގެ ކަނޑުފަޅުތަކުން ބްލޫ ކާބަން ބޭރު ގައުމުތަކަށް ވިއްކޭނެ ގޮތެއް އޮތްތޯ ބެލުމަށް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސަލީމް ސޮންބޮލް އެވެ.

ރާއްޖޭގެ ކަނޑުފަޅުތަކުން ބްލޫ ކާބަން ކްރެޑިޓްސް ހިސާބު ކުރެވޭތޯ ބެލުމާއި ކާބަން މާކެޓުތަކަށް ވިއްކުމުގެ ފުރުސަތު އޮތްތޯ ބެލުމަކީ މި އެމްއޯޔޫގެ މަގުސަތެކެވެ.

އައިޓީއެފްސީއަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން އެ ގައުމުތަކުގެ ރައްޔިތުންގެ އިގްތިސޯދީ އިޖުތިމާއީ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.

އައިޓީއެފްސީގެ މެންބަރު ގައުމަކަށްވުމަށް ރާއްޖެއިން ނިންމާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ.

7
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top