ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާ އައިޝާ ޝުޖޫން މުހައްމަދަށާއި ޑރ. އަޒްމިރަލްދާ ޒާހިރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޝުޖޫނާއި އަޒްމިރަލްދާ އަށް ރުހުން ދިނުމަށް 62 މެމްބަރުން ވޯޓު ދެއްވާފައިވާއިރު ނުފެންނަކަމަށް އެއް މެމްބަރަކު އަދި ވަކިކޮޅަކަށްނުޖެހި އެއް މެމްބަރަކު އިންނެވިއެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާ ޝުޖޫން މުހައްމަދަށާއި ޑރ. އަޒްމިރަލްދާ އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިިރު، އަންހެނުން ފަނޑިޔާރުކަމަށް އައްޔަނު ނުކުރެވޭނެކަމަށް ބުނެ ގިނަ ދީނީ އިލްމުވެރިންވަނީ ޝުއޫރުފާޅުކޮށްފައެވެ. އަދި ހަމަ އެއާއި އެކު ފަނޑިޔާރު ކަމަށް އަންހެނުން އައްޔަނުކުރުމުގައި މައްސަލައެއް ނެތްކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ ޝުއޫރުފާޅުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.