ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު ވިދާޅުވެގެން އެމަނިކުފާނުގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްދީފައި ވާނެ ކަމަށް އޭރުގެ ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މޫސާ ޒަމީރު މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީޢަތުގައި މިއަދު ހެކިބަސް ދެމުންނެވެ.

އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އާއި ރައީސް ޔާމީން ގުޅިގެން އުފެއްދި އެކްސްކްރޯ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެފައިސާ އެވެ.

ދައުލަތުގެ ވަކީލް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށާއި އެއީ ކޮން ބޭނުމެއްގައި އެމަނިކުފާނު ހޯއްދެވި ފައިސާއެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ، ޔާމީންގެ އެކައުންޓަށް ޖަމާކުރާނެ އެއް މިލިއަން ޑޮލަރު ހޯއްދެވީ އޭނާގެ މުދަލެއް ވިއްކާލައިގެން ކަމަށާއި އެމުދާ ވިއްކާލީ ރަހުމަތްތެރިއެއް ކަމަށްވާ ވަސީމް ކިޔާ މީހަކަށް ކަމަށެވެ،

ފައިސާ ލިބުން ލަސްވެގެން ޔާމީން ގުޅުއްވިތޯ ދައުލަތުގެ ވަކީލް ސުވާލު ކުރުމުން ޒަމީރު ވިދާޅުވީ، ފައިސާ ލިބުން ލަސްވެގެން އޭރުގެ މިނިސްޓަރ އާޒިމާ ގުޅުއްވި ކަމަށެވެ.

ޒަމީރުގެ ހެކިބަސް ނަގައި މިއަދު ވަނީ ނިންމާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.