ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުވައްޒަފުންތަކެެއް ކާނާ ވިހަވެގެން ފަރުވާ ދޭން ޖެހުނު ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ޓްރީ ޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ ކެންޓީނުން ކެއި މުވައްޒަފުންތަކެއް ކާނާ ވިހަވީ މިދިޔަ ހަފްތާގައި ކަމަށާއި އެކން ދިމާވި ސަބަބު ބަލުން އަންނަ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އެ ހުރިހާ މުވައްޒަފުންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރެވޭނީ އެކަމުގެ ތަހުޤީޤު އެއްކޮށް ނިމުމުން ކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ޕްރައިވެޓް ހޮސްޕިޓަލެވެ.