ޓެރަރިޒަމާއި ދެކޮޅަށް ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ރަނިލް މިކަން ހާމަކުރައްވަފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރައްވަމުންނެވެ.

ރަނިލް ވިދާޅުވީ، ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުން ފެށުނީ 26 ޖުލައި 1965 ގައިކަމަށެވެ. އެކަމަކު އޭގެ އެތައް ގަރުނެއް ކުރިން ފެށިގެން ވެސް ލަންކާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ގާތް ގުޅުމެއް އޮތްކަމަށް ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ ލަންކާއަކީ ދިވެހިންގެ ދެވަނަ ގެޔަށް ވާއިރު، ރާއްޖޭގައި ވެސް ލަންކާގެ ގިނަ ބަޔަކު ވަޒީފާތަކުގައި އުޅޭ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގައި ރައްޔިތުންގެ ބާރު އިއާދަކޮށް އެ ބާރު ވަރުގަދަ ކޮށްދިންކަމަށްޓަކައި، ރައީސް ސޯލިހާއި ރައީސް ނަޝީދު ކުރެއްވި މަސައްކަތަކަށް ރަނިލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން ރަނިލް ވަނީ ޓެރަރިޒަމްގެ މައްސަލައާއި ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ލަންކާއިން 25 އަހަރު ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރިނަމަވެސް މިއަހަރު ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން އާ ފިލާވަޅުތަކެއް ދަސްވެފައިވާކަމަށް ރަނިލް ވިދާޅުވިއެވެ. އަދި ސަރަހައްދީ ޤައުމުތަކުން ގުޅިގެން އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ޖަމާއަތްތަކާ ދެކޮޅަށް މަސައްކަތްކުރަންޖެހޭކަމަށް ރަނިލް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.