ވައިގެމަގުުން ރާއްޖެއިން ސްރީލަންކާއަށް ބޭރުކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފިއެވެ.
ކަސްޓަމްސުން ބުނެފައިވަނީ މުސްތުވާތަކެތި އަތުލައިގެންފައި ވަނީ ޕާރުސަލްތަކެއް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 99 ގުޅަ ފެނިފައިވާ ކަމަށާއި އޭގެ އަގު ގާތްގަނޑަކަށް 79،200 ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އަދި އަތުލައިގަނެވުނު ތަކެތި ޓެސްޓްކުރުމުން އެކްސްޓަސިއަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށް މައުލޫމާތުލިބެއެވެ.