ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށްޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ލަފާ ދީފި އެވެ.
ޕީއެސްބީން މިހެން ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތައް ދިރާސާކުރުމަށްފަހު އެވެ.
އެގޮތުން ޕީސީބީން ވަނި އެސްޓީއޯގެ ހަރަދުތައް ބޮޑުވެ އެ ކުންފުނިން ހުޅުމާލޭގައި ހަދާފައިވާ ހޮޓަލުގެ ސަބަބުން ކުންފުންޏަށް މިދިޔަ އަހަރު ގެއްލުންވެފައިވާކަން ހާމަކޮށްފައެވެ. އަދި ބްރިޖް އެޅުމުގެ ސަބަބުން އާއްމު ދަތުރުފަތުރުގެ ދާއިރާއިން އެމްޓީސީސީއަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އެކުންފުނީގެ ފަައިދާ ދަށްވެފައިވާކަމަށް ޕީސީބީން ވަނީ ބުނެފައެވެ.
ޕީސީީބީންވަނީ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ރިވައިސްކޮށް ބޭކާރު ޚަރަދުކުރުން ކުޑަކުރުމަށް ލަފާއަރުވާފައެވެ.