ރަހިމުގައި ތުއްތު ދަރިފުޅު އަށަގަތުމަށް ފަހު ބައިގެން ދިޔުމަކީ ވަރަށް ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ރާއްޖޭގައިވެސް ބައެއް އަންހެނުންނަށް މިފަދަ މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ. ބައެއްފަހަރު ސިއްހީ މައްސަލައެއްގެ ސަބަބުންވެސް މިފަދަ ކަމެއް މެދުވެރިވެދާނެއެވެ. ނަމަވެސް ސިއްހީ މައްސަލައެއް ނެތި ކުއްޖާ ބައިގެންދަނީ ނަމަ އެއީ ސިޙުރުގެ ސަބަބުން ވާ ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ސިޙުރުގެ ސަބަބުން ކުއްޖާ ބައިގެންދާނަމަ ފެންނާނެ ބައެއް ޢަލާމާތްތައް:.

  • މަސްވަރު ކަންތައް ލައިގަތުމުން ބަނޑުކޮޅަށް ވަރަށް ގަދަޔަށް ތަދުވުން.
  • މަސްވަރު ކަންތައް އޮޅުން ބޮޅުންވެ، ގިނަ ދުވަސްތަކެއް ވަންދެން ހައިޟުން ނުކެނޑި ހުރުމާއި ހައިލުނުވެ ގިނަ ދުވަސްތަކެއްވަންދެން ހުރުން.
  • ރަޙިމުގައި ސިސްޓް ނުވަތަ ފައިބްރޮއިޑްސް ހެދެން ފެށުމާއި އެކަން ރަނގަޅުނުވުން.
  • ކުރިމަތިފަރާތުން ދިލަނެގުމާއި ގަދަޔަށް ދާހިއްލާގޮތްވުން.
  • ބަނޑަށް އުނދަގޫވެ ބަނޑު ފުއްޕުމާއި މޭނުބައިކޮށް ހޮޑުލަވާގޮތްވުން
  • ސިއްހީ މައްސަލައްނެތި މޭނުބައި ކުރުން
  • އާންމުކޮށް ބަނޑުގެ ފޫޅުން ތިރިއަށް ބަރުވެ އެއްޗެއް ހިފާފައި ހުންނަ ކަހަލަ އިޙުސާސެއްކުރެވުން.

އިސްވެ މި ދެންނެވުނު އަލާމާތްތައް ފެނިއްޖެ ނަމަ ލަސްނުކޮށް ރުޤްޔާއިން ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.