މިނިވަން ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ގުޅޭ ގޮތުން މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަނުން ހާމަކުރި ކަންތައްތަކާ ބެހޭގޮތުން ރަސްމީ ބަޔާނެއް ވަރަށް އަވަހަށް ނެރޭނަކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަރުގެ ކޮމިޝަންއިން އިއްޔެ ހާމަކުރި ކަންތައްތަކަށް ގުޅޭގޮތުން ފުލުހުންގެ މުވައްސަސާއިން ރަސްމީ ބަޔާނެއް ނެރޭނެ ކަމަށެވެ.

އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

އިއްޔެ ރިޔާސީ ކޮމިޝަނުން ވަނީ ވީނުވީއެއްނެ ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ ހާދިސާއާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް އެ ހާދިސާ ހިނގިގޮތް ކިޔައިދީފަ އެވެ. އެގޮތުން ހުޅުމާލެއިން އޭނާ ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން އުޅަނދަކަށް އަރުވައި މަރާލާފައިވާ ކަމަށް ބުނެފައެވެ.

އެ ކޮމިޝަނުން ބުނީ ރިލްވާން މަރާލީ ހައްދުފަހަނަ އަޅައިފައިވާ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އަލްގައިދާގެ ރާއްޖޭގެ ގޮފިން ކަަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.