މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެއްވެސް ގުޅުމެއް ނެތްކަން ހާމަވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގެއްލިފައިވާ ރިލްވާންގެ ތަހްޤީޤަށް ރައީސް ޔާމީން ނުފޫޒު ފޯރުވިކަމަށް ކޮމިޝަނުން ބުނެފައިވާއިރު، އެ ކޮމިޝަނުން ހާމަ ކުރެއްވި މައުލޫމާތު ތަކަކީ މީގެ ކުރިން ފުލުހުންގެ ތަހުޤީޤަށް ހޯދާފައިވާ މައުލޫމާތުތައް ކަމަށެވެ. އަދި ކުށުގެ ތަހުމަތުކުރެވޭ ކަމަށް ބުނި މީހުންނަކީ މީގެކުރިން އެމައްސަލައާއި ގުޅިގެން ހައްޔަރުކޮށް ދައުވާކޮށްފައިވާ މީހުންކަމަށް ވެސް ޕީޕީއެމްގެ ނޫސްބަޔާނުގައިވެއެވެ. 

އެހެންކަމުން މިނިވަން ނޫހުގެ ނޫސްބެރިޔާ ރިލްވާންގެ ގުއްލުނު މައްސަލައާއި ކުރީގެ ރައީސް ޔާމީނާއި ގުޅުވައިގެން ދައްކަމަުން އައި ވާހަކަތަކަކީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއްކަން ހާމަވާކަމަސް ޕީޕިއެމްގެ ނޫސްބަޔާނުގައިވެއެވެ. 

އަދި ރިލްވާންގެ މަރާއި ރައީސް ޔާމީނާއި އެއްވެސް ގުޅުމެއް ނެތްކަން މިއަދު ހާމަވާކަމަށް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.