ހިތަދޫ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކޮށް އެ އިމާރާތް ޕްލޭނިން މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.

ސަތޭކަ ހަތްދިހަ އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން އެލިއާ އާއި ހަވާލުކޮށްގެން ހެދި ހޮސްޕިޓަލް މިނިސްޓްރީ އާއި ހަވާލު ކޮށްފައިވަނީ އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށް ފަހުއެވެ. 

އެ އިމާރާތް އެލިއާއިން ޕްލޭނިންގ މިނިސްޓްރީއާއި ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

އެ ހޮސްޕިޓަލުގައި އަދިވެސް ކުރަން ގިނަ މަސައްކަތްތަކެއް ހުރި އިރު، ހޮސްޕިޓަލަށް ބޭނުންވާ އެމްއާރުއައި މެޝިނާއި ސީޓީ ސްކޭން މެޝިންތައް ވަނީ މިހާރު ގެނެސް ހޮސްޕިޓަލަށް ވައްދާފައެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މެޝިނެއް އަދި އިންސްޓޯލްކޮށްފައި ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.