ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ މާދަމާ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާނޭކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ ލަންކާގެ ބޮޑު ވަޒީރު މަޖިލީހުގައި ތަޤުރީރުކުރައްވާނީ މާދަމާ މެންދުރު 12:00 ގައި ކަމަށެވެ.
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ލަންކާގެ ބޮޑު ވަޒީރު ރަނިލް މަޖިލީހުގައި ތަޤުރީރު ކުރެއްވުމާއި ގުޅޭގޮތުން މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުން އެމަނިކުފާނު ތަޤުރީރު ކުރެއްވުމަށް ފާސްވެފައިވާއިރު، މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް އެމަނިކުފާނު ތަޤްރީރު ކުރެއްވުމަށް ވަނީ ތާއީދުކޮށްފައެވެ.