ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާއަށް ރާއްޖެއިން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ލަންކާގެ ބޮޑު ވަޒީރަށް އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ ފޮރިން މިނިސްޓާރ އަބްދުﷲ ޝާހިދެވެ. އަދި ބޮޑު ވަޒޒީރު ރަނިލް އަށް މާލެއިން މަރުހަބާ ދަންނަވާފައިވަނީ ރައީސުލްޖުމްހުރއިްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. 

ބޮޑުވަޒީރު ރަނިލްއަށް އިއްޒުއްދީން ފާލަމުން މަރުހަބާއެއް ދަންނެވުމުގެ ގޮތުން، ސްކޫލު ކުދިންގެ ނެށުމުގެ އިތުރުން ލަންކާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރާއްޖޭގެ އަސްކަރިއްޔާއިން ވަނީ ބަޑީގެ ސަލާމެއް ވެސް އަރުވައިފައެވެ. 

އެއަށްފަހު ރައީސް ސޯލިހްގެ އަރިހުގައި ރައީސް އޮފީހުގައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވަފައިވެއެވެ. 

ލަންކާގެ ބޮޑު ވަޒީރު ރަނިލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދިމި ދަތުރުފުޅުގައި ރާއްޖެއާއި ލަންކާ އާއި ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ވިސާ އިތުރުކުރުމާއި ޒުވާނުންނާއި ގުޅުން ހުރި އެއްބަސްވުންތަކެއް ހިމެނެއެވެ. 

މިދަތުރުފުޅުގައި ލަންކާގެ ބޮޑު ވަޒީރުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަބަލުން ޕްރޮފެސާ މައިތިރީ ވިކްރަމަސިންހާ ރާއްޖެ ވަޑައިގަތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.