މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ތަހުޤީގަށް ކުރީގެ ރައިސް އަބްދުﷲ ޔާމީން ހުރަސްއެޅުއްވި ކަމަށް މަރުތަކާއި ގެއްލިފަިއވާ މީހުންގެ މައްސަލަތައް ތަހުޤީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ރިލްވާން މައްސަލައިގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ، ރިލްވާން ގެއްލިގެން އެމައްސަލައިގެ ތަހުޤީޤު ކުރިއަށް ދިޔައިރު އެ ތަހުޤީޤު "ޑައިވާޓް ކުރުމަށް" (މިސްރާބު ބަދަލުކުރުމަށް) ރައިސް ޔާމީން މަސައްކަތް ކުރެއްވި ކަމުގެ ހެކި ލިބިފައިވާކަމަށެވެ. 

"ކަހީނަކު ބޭނުންކޮށްގެން ނުވަތަ ފަނޑިތަ ހަދާ މީހަކު ބޭނުންކޮށްގެން ރަމަލުޖަހާ ފާލުބަލާ ފުލުހުންގެ ތަހުޤީޤުގެ ފޯކަސް އަނބުރާލުމަށްޓަކައި އެތައް މިތަނަށް ފުލުހުން ދުއްވާފައި އެބަހުރި. ރޭގަނޑު ވާރޭގެ ތެރޭގައި މާފަންނު ހުރި ގެއަކުން ވިލިނގިއްޔަށް ދަތުރުކޮށް އެތައް މިތަނަށް ކޮމިޝަނަރ އޮފް ޕޮލިސް މެދުވެރިކޮށް ރައިސުލްޖުމްހުރިއްޔާ ފުލުހުން ފޮނުވާފައިހުރި ކަމަށް ފާހަގަކުރެވިފައިވޭ" ސުއޫދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.