މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލާފައި ވާ ކަމަށް މަރުތައް ބަލާ ކޮމިޝަނުން ހާމަކޮށްފިއެވެ.

އެކޮމީޝަންގެ ރައީސް ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރިޟްވާން ގެއްލުވާލި ރޭގެ 1:00 ފެރީން އޭނާ ހުޅުމާލެއަށް ދިޔަކަން، އެ ފެރީގައި އިން އޭނާގެ ރައްޓެއްސެއްގެ ފަރާތުން އަދި ހުޅުމާލެއަށް ދިއުމުން ރިޟްވާންގެ ފޯން ހުޅުމާލެގޭ ނެޓްވޯކަށް ޕިންގްވި ކަމަށެވެ. އެހެންކަމުން ރިލްވާން ހުޅުމާލެއަށް ގިސްފައިވާކަން ޔަޤީންވާކަމަށް ސުއޫދުވިދާޅުވިއެވެ.

އަދި ރިލްވާން ދިރިއުޅޭ ފްލެޓް ކައިރިން މީހަކު ގަދަކަމުްނ ރަތް ކާރަކަށް އެރުވި މަންޒަރު ފެނުނު ދެ މީހެއްގެ ހެކިބަސް ލިބިފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިލްވާން ކާރަށް އަރުވައިގެން ގެންދިޔަތަން އިގޭކަމަށާއި، އަދި އެއަށްފަހު ރިލްވާނަށް ހެދިގޮތް 3 މީހެއްގެ ހެކިބަހުން ލިބިފަިއވާކަމަށެވެ.

އެގޮތުން ރިލްވާން ޑިންގީއަކަށް އަރުވައިގެން ގެންދިޔައީ ކަނޑުދަތުރު ކުރާ އުޅަނދަކަށް ކަމަށާއި، އަދި އެއަށްފަހު ރިލްވާން މަރާލާފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ. އެހެންނަމަވެސް މަރާލަން އަމަލުކުރި ގޮތެއް އަދި ބޭނުންކުރި ހަތިޔާރެއް އަދި އެއަށްފަހު ހެދިގޮތެއް ތަހުޤީޤަށް ހުރަސްއެޅޭނެތީ ހާމަކުރެވެން ނެތްކަމަށް ސުއޫދު ވިދާޅުވީއެވެ. ހުސްނުއްސުއޫދު ވިދާޅުވީ، ރިލްވާން މަރާލީ ކަރުގައި ދާގަނޑެއް އޮޅާލައިގެން ކަމަށް ވެސް ތަހުގީގުގައި ބައެއް މީހުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ހެކިބަސްދިން މީހާގެ ހެކިބަހާއި ދެންތިބި މީހުންގެ ހެކީގައި ފުށުއެރުންތަކެއް ހުރުމުން އެކަން ތަހުޤީޤު ކުރުމަށް އިތުރަށް ބޭނުންވާކަމަށް ސުއޫދު ވިދާޅުވިއެވެ.

އަދި ރިލްވާން މަރާލާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ދީނީ ފިކުރަކުން ކަމަށާއި، އެޖަމާއަތް ނިސްބަތްވަނީ އިލްޤައިދާއަށް ކަމަށް ސުއޫދު ވިދާލުވިއެވެ.

ރާއްޖޭގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ދީނީ ހަރުކަށި ފިކުރުގެ ދެ ޖަމާއަތްކަމަށް ސުއޫދު ވިދާޅުވި އެވެ. އެއީ ސީރިއާގައި ހަރަކާތްތެރިވާ ޖަބާތު އަލް ނުސްރާ ގެ އިތުރުން އަބޫބަކުރު އަލް ބަގުދާދީ އިސްވެ އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ތައީދުކުރާ ބަޔެއް ކަމަށެވެ.

މިނިވަން ފިކުރުގެ މީހުންނާއި ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ދެމެދު 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ސޯޝަލް މީޑިއާގަ އާއި އެހެން ގޮތްގޮތުން ބަހުގެ ހަމަލާތައް ބަދަލުކުރަމުން ދިޔަ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެގޮތުން ރިލްވާން މިނިވަން ނޫހުގައި ލިޔުނު ލިޔުމަކާ ގުޅިގެން އޭނާ އަކީ ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނެފައި ވާތީ އެކަމާ ދެކޮޅަށް ރިލްވާން ކޮށްފައިވާ މެސެޖުތަކެއް ސުއޫދު ވަނީ ވިދާޅުވެ ދެއްވައިފަ އެވެ.

ރިލްވާން އެ މެސެޖުތަކުގައި ބުނެފައިވަނީ އޭނާ އަކީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު ނުކުރާ މީހެއް ކަމަށް ނުބުނެވޭނެ ކަމަށާއި ދުވަހަކު ވެސް ﷲ އާއި ރަސޫލާ އަށް ފުރައްސާކޮށްފައި ނުވާނެ ކަމަށެވެ. އަދި މީސްމީހުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ނުދެއްކުމަށާއި މައްސަލައެއް އޮތް ނަމަ ސީދާ އޭނާއާ ވާހަކަ ދައްކަން ވެސް އެދިފައިވެ އެވެ. ރައްދުގައި ބިލާދުއްޝާމުން ބުނެފައި ވަނީ ވަގުތު ލިބުމުން ބައްދަލުކުރާނެ ކަމަށާއި ކުރިއަށް އޮތީ ކަޅު ދުވަސްތަކެއް ކަމަށެވެ. އަދި އެމެސެޖަކީ އެޖަމާއަތުގެ މީހުން ރިލްވާނަށް ދީފައިވާ އިންޒާރެއްކަމަށް ސުއޫދު ވިދާޅުވިއެވެ.

ރިލްވާން އާއި ޔާމީން މަރާލުމުގެ ފަހަތުގައި ތިބީ އެއް ބައެއް ކަމަށް ސުއޫދު ވިދާޅުވެއްޖެ އެވެ.

އަދި ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން ފުލުހުންގެ ތެރެއިން މަސައްކަތްކޮށްފައިވާކަމަށްވެސް ސުއޫދު ވިދާުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.