ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުައްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިތުރުކޮށްފިއެވެ.

ފަނޑިޔާރުކަމަށް ކުރިމަތި ލުމަށް ޖޭއެސްސީން ހުޅުވާލާފައިވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެދުވަހު ނެރުނު އިއުލާނުގައި ބުނެފައިވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ސެޕްޓެމްބަރު ގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދި ސިޓީ ފޮނުވުމަށެވެ. 

އެހެން ނަމަވެސް ޖޭއެސްސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފަނޑިޔާރު ކަމަށް ކުރިމަތި ލުމުގެ މުއްދަތު 05 ސެޕްޓެމްބަރު ގެ މެންދުރު 12:00 އަށް އިތުރު ކޮށްފައިވާކަމަށެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ހޯދުމަށް އިއުލާނު ކޮށްފައިވަނީ އެމަޤާމުގައި ކުރިން ހުރި އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ. ފަނޑިޔާރު ކަމުގެ މަޤާމުްނ ދީދީ ވަކިކޮށްފައިވަނީ އޮގަސްޓް 28 ވަނަ ދުވަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.