ކުޅިވަރު
ރިސޯޓް ލީގު 2024: ނޯތު މާލޭ ޒޯނުގެ މެޗުތަކާއެކު މުބާރާތް މިއަދު ފަށަނީ

ނޯތު މާލޭ ޒޯނުގެ މެޗުތަކާއެކު މިއަހަރުގެ ރިސޯޓު ލީގު މުބާރާތް ވަން އެންޑް އޮންލީ ރީތި ރަށުގައި މިއަދު ފެށުމަށް ނިންމައިފި އެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގެ ކުޅުން މިއަދު ފެށުމަށް ނިންމާފައިވާއިރު، ނޯތު މާލޭ ޒޯނުގައި ޖުމްލަ 14 ރިސޯޓަކުން ވާދަކުރެ އެވެ.

މިއަދު ހަވީރު 4:00 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މި ޒޯނުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި ހޯސްޓް ރިސޯޓު ކަމަށްވާ ރީތި ރަށާއި ހިލްޓަން މޯލްޑިވްސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކުޑަހުރާ އާއި ބަނޑޮސް މޯލްޑިވްސް އެވެ. މި 4 ޓީމަކީވެސް ގްރޫޕް “އޭ”ގެ ޓީމުތަކެވެ.

ނޯތު މާލޭ ޒޯނުގައި ވާދަކުރާ ރިސޯޓުތައް.

 • ވަން އެންޑް އޮންލީ ރީތިރަށް
 • ހިލްޓަން މޯލްޑިވްސް
 • ކުޑަހުރާ
 • ބަނޑޮސް
 • އޮބްލޫ އެކްސްޕީރިއެންސް
 • ޕަޓީނާ މޯލްޑިވްސް
 • ވަރު
 • ހުވަފެންފުށި
 • އޯގާ އާޓް ރިސޯޓް
 • ކޮކޯ ބޮޑުހިތި
 • ދަ ރިޓްޒް ކާލްޓަން
 • ބަރޮސް
 • ސަންގެލި
 • ކުރުނބާ

މި އަހަރުގެ މުބާރާތް ޖުމްލަ 8 ޒޯނެއްގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މުބާރާތް ބާއްވާ ޒޯނުތަކަކީ.

 • ނޯތު މާލޭ ޒޯން
 • ދާލު ޒޯން
 • އަރި ޒޯން
 • ބާ ޒޯން
 • ރާ ޒޯން
 • ސައުތު މާލޭ ޒޯން
 • ޅަވިޔަނި ޒޯން
 • ނޫނު ޒޯން

ރިސޯޓު ލީގުން ވަނީ މުބާރާތުގެ ކާމިޔާބީއަށް ބަލައި ފާއިތުވި އަހަރު ހުރިހާ ޒޯނެއްގެ ޗެމްޕިއަނުންނަށް އަމާޒުކޮށްގެން “ރިސޯޓު ސުޕަރ ލީގު”ގެ ނަމުގައި މުބާރާތެއް ބާއްވާފަ އެވެ. އެގޮތުން ފުރަތަމަ ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ސައުތު މާލޭ ޒޯނުގެ ޗެމްޕިއަން ކްރޮސް ރޯޑްސް ބަލިކުރުމަށްފަހު، ބާ ޒޯނުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް އެވެ.

ރިސޯޓު ސުޕަރ ލީގަކީ ކޮންމެ އަހަރަކުވެސް ހުރިހާ ޒޯނެއްގެ ޗެމްޕިއަނުންނަށް ގަވައިދުން ބޭއްވޭނެ މުބާރާތެއް ކަމަށް ރިސޯޓު ލީގު އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ.

މި އަހަރުގެ ރިސޯޓު ލީގުގެ ހުރިހާ މެޗެއް ރިސޯޓު ލީގުގެ ފޭސްބުކް ޕޭޖުން ލައިވް ސްޓްރީމުކުރުމަށް ހަމަޖެހިފައިވާއިރު، ހުރިހާ ޒޯނެއްގެ ފައިނަލް މެޗުތައް ޕީއެސްއެމް އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއްގެ ހަބަރުތަކާއި ވަކިވަކި ކުޅުންތެރިންގެ ޕްރޮފައިލް އާޓިކަލް ޖަޒީރާ ނިއުސް އިން ގެނެސްދިނުމަށް ވަނީ ނިންމާފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top