ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލު ވާނީ ހަމަ ބުއްދިން ވިސްނައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައިސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ހަތަރު ވަނަ ސައުތު އޭޝިއަން ސްޕީކާސް ސަމިޓު ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ދިވެހި ރައްޔިތުން އަބަދުވެސް ބޭނުންވަނީ ތާހިރު ދިރިރުޅުމެއް ކަމަށެވެ. 

"ދިވެހިން ބޭނުންވަނި ރަނގަޅު ދިރިުޅުމެއް. އެމީހުން ބޭނުންވަނީ ބޯހިޔާވަހިކަން. ދާއިމީ ވަޒީފާއެއް އަދި އެކަށޭނަ މުސާރައެއް. އެމީހުންގެ ދަރިންނަށް ރަނގަޅު ތައުލީމެއް އަދި އެކުދިން ކިޔަވާނެ ރަނގަޅު ސްކޫލެއް"

ދިވެހި ރައްޔިތުން ބޭނުންވަނީ އެމީހުން އިންތިޚާބުކުރާ ވެރިކަމަކުން އެމީހުންގެ ބޭނުންތައް ފުއްދުމަށަްކަމަށާއި، އަދ ދިވެހިން ބޭނުންވަނީ އަދުލު އިންސާފުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަކީ އިންޓާޕާލިމެންޓަރީ ޔޫނިއަން ގެ އެއްބޭނުންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހަމަ ބުއްދިން ވިސްނަންޖެހޭކަމަށެވެ. 

ދެމެހެއްޓެނިވި ތަރައްޤީޤެ ވާހަކަތައް ކޮންމެ އަހަރަކު އެކިއެކި ބައިނަލްއަޤްވާމީ ފަރާތްތަކުން ދައްކަމުން އަންނައިރު ކޮންމެ އަހަރަކުވެސް ސައިންޓިސްޓުން މޫސުމީ ބަދަލުތައް ހާމަކުރަމުން އަންނަކަން ރައިސް ނަޝީދު ފާހަގަކުރެއްވިއެވެ. 

އަދި މިހާރުގެ ސިޔާސީ ލީޑަރުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ކުރިމަތިލުމަކީ މޫސުމީ ބަދަލުތަކަށް ހައްލު ހޯދުންކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.