ރާއްޖެ އަށް ވަގަށް އެތެރެކުރި ވެހިކަލްތަކުގެ ތަހުގީގު ކަސްޓަމްސް އިން ފަށައިފިއެވެ.

މި ވެހިކަލްތައް އަތުލައިގަނެފައިވަނީ ލަކުޑީގެ ނަމުގައި ރާއްޖެއަށް ގެނެވުނު ދެ ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް އެތެރެ ކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 24 ވަނަ ދުވަހުގައެވެ.

އެގޮތުން މި އޮޕަރޭޝަންގައި 3 ކާރާއި 2 ޕިކަޕަކާއި 2 ވޭނާއި 14 ސައިކަލު އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްގެ ކޮމިޝަނާ ޖެނަރަލް އަހުމަދު ނުއުމާން މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، އެކަމުގައި ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ވެސް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަސްޓަމްސް އިން ބުނީ އެ އޮޕަރޭޝަނުގައި އަތުލައިގަތް ވެހިކަލްތަކުގެ ޖުމްލަ އަގު 586،000 ރުފިޔާއަށް އަރާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި މި ތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 ރުފިޔާ ލިބެން ޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.