33 ވަނަ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ އިސްލާމީ މަރުކަޒުގައެވެ. 

ޤުރުއާނަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މަޤްޞަދުގައި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން މިއަހަރު މިފަށާ 33 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ޖުމްލަ 1273 ފަރާތަކުން ބައިވެރިވެއެވެ. 

މިއީ މިފަދަ މުބާރާތެއްގައި މިހާގިނަ ދަރިވަރުން ބައިވެރިވާ ފުރަތަމަ ފަހަރުކަމަށްވުމުގެ އިތުރުން މިއީ އެއްފަރާ ދެތަނެއްގައި ޤައުމީ މުބާރާތުގެ ކިޔެވުން ކުރިޔަށްގެންދެވޭ ފުރަތަމަ ފަހަރުވެސް މެއެވެ. އެގޮތުން މުބާރާތުގެ ކިޔެވުން އިސްލާމީ މަރުކަޒުގެ ހޯލާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި އެއް ވަގުތެއްގައި ކުރިޔަށްގެންދެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.