އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހަމަސް ނުވާނަމަ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ނުކުރެވޭގޮތް ހަދައިދިނުމަށް އެދި ޕާޓީގެ ޤައުމީ މަޖިލީހަށް ހުށަހެޅުމަސް ގަރާރެއް ފަސްކޮށްފިއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ޒުވަނުންގެ ކޮންގްރެސްގައި މިގަރާރު ފާސްކޮށްފައިވާއިރު، ގަރާރު ހުށަހަޅާފައިވަނީ ނައިފަރު ފޯކަލް ޕޮއިންޓުންނެވެ.
އެގަރާރުގައި ބުނެފައިވަނީ ޕާޓީގެ އެތެރޭގެ އިންތިހާބު ތަކުގައި ބައިވެރިވެވޭނީ އެ އިންތިހާބެއް ބާއްވާ ތާރީހުގެ ހަމަސް ކުރިން ޕާޓީގެ މެމްބަރެއްގެ ގޮތުގައި ތިބޭފަރާތްތަކަށް ކަމަށެވެ. މިގަރާރު ޒުވާނުންގެ ކޮންގްރެސްގައި ފާސްކޮށްފައިވަނީ އެވަގުތު ހާޒިރުވެ ތިބި ކުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި 160 އަށްވުރެއް ގިނަ ކޮންގްރަސްމަނުން ބައިވެރިވެފައިވެއެވެ.