ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން، ވެމްކޯގެ މުވައްޒަފަކަށް ހަމަލާދޭ ވީޑިއޯއެއް މީސް މީޑިޔާގައި ވައިރަލްވެއްޖެއެވެ.

ފުލުހުންގެ މީޑޔާ އޮފިޝަން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ، ވެމްކޯގެ މުވައްޒަފަކަށް ހަމަލާދިން މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓުމެންޓުން ތަހުޤީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މީސް މީޑިޔާގައި ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެސްލޯނު ހޮޅިއެއް ފަދަ އެއްޗަކުން ވެމްކޯގެ މުވައްޒަފަށް ފިރިހެނަކު ހަމަލާދީ ހަޑިހުތުރު ބަހުން މުހާތަބުކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.