ބީއެސްއެސްއޭ ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލްގެ މެޗުތައް މިއަދު ހަވީރު 3:45 ގައި ފެށޭނެއެވެ.

ޖުމްލަ 15 ޓީމާއެކު ފެށި މި މުބާރާތުގައި ފިރިހެން ޑިވިޝަންއިން 10 ޓީމެއް، އަދި އަންހެން ޑިވިޝަންއިން ފަސް ޓީމެއް ބައިވެރިވެފައިވެއެވެ.

މި މުބާރާތް އިއްޔެ ހެނދުނު ފަށާފައިވާއިރު، ގްރޫޕު ސްޓޭޖުގެ މެޗުތައް ފަހަނަ އަޅައި ގޮސް މިހާރު ވަނީ ސެމީ ފައިނަލްއަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެފައެވެ. އެގޮތުން ފިރިހެން ޑިވިޝަންއިން ސެމީއަށް ދަތުރުކުރީ ބެޗްލާރސް ޔުނައިޓެޑް (މެން)، އަސްހާބް، ނުރޯދަރި އަދި ލެޖެންޑްސް އޮފް ޕްރޮފެސާސްއެވެ.

އަދި އަންހެން ޑިވިޝަންއިން ޓީމް އެވަގްރީންސް ފައިނަލް ކަށަވަރުކޮށްފައިވާއިރު، ސެމީ ފައިނަލްގައި މި ޑިވިޝަންއިން ވާދަކުރާނީ ބެޗްލާރސް ޔުނައިޓެޑް (ވޮމެން) އަދި ޓީމް އެމްބީއޭ އެވެ.

ފިރިހެން ޑިވިޝަންގެ ދެމެޗު އެންމެ ފުރަތަމަ ކުޅޭއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބެޗްލާރސް ޔުނައިޓެޑް (މެން) އަދި އަސްހާބް އެވެ. ބެޗްލާރސް ޔުނައިޓެޑް (މެން) ޖުމްލަ 12 ޕޮއިންޓާއެކު ސެމީއަށް ދަތުރު ކުރިއިރު އަސްހާބް ވަނީ 7 ޕޮއިންޓް ހޯދާފައެވެ. އަދި ދެވަނަ މެޗުގައި ޖުމްލަ 10 ޕޮއިންޓް ލިބިގެން ނުރޯދަރި ކުޅޭއިރު، ލެޖެންޑްސް އޮފް ޕްރޮފެސާސް މިޓީމާއި ބައްދަލުކުރަނީ ޖުމްލަ 9 ޕޮއިންޓާއެކު ސެމީ ފައިނަލްއަށް ގޮސްގެނެވެ.

ބީއެސްއެސްއޭގެ ފުޓްސަލް ފިއެސްޓާއަކީ އަކީ ބީއެސްއެސްއޭ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 30 އޯގަސްޓް 2019ން ފެށިގެން 31 އޯގަސްޓް 2019 އަށެވެ.

މި މުބާރާތް ކުރިއަށްގެންދަނީ ރެފިކް ޕޮލިސް ކުރިމަތީގައި އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ވެލި ދަނޑުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.