ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަޝްރޫއުތައް ހިންގުމުގައި ލަސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް ފެށުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޞާލިހުގެ ސަރުކާރު ލަސްވެ، އެއް ކަމެއް ވެސް ނުވާ ކަމަށް ބުނެ އެ ދޮގު ތަކުރާރު ކުރަނީ، އެއީ ތެދެއްކަން ރައްޔިތުންނަށް ވިސްނައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ރައީސް ސޯލިހުގެ ސަރުކާރުން ކުރާ [ތަރައްގީގެ] ކަންކަން ލަސްކަމަށް ބުނެ އެބަ ވާހަކަ ދައްކާ. އެއީ ދޮގެއް! އެއީ ކަނޑައެޅިގެން ދޮގެއް. އެއީ ތަކުރާރު ކޮށް ކޮށް ކޮށް އެއީ ތެދަކަށް ހަދަން އުޅޭ ދޮގެއް. ވިސްނަވާތީ އެ ދޮގުގެ ތެރެއަށް ތިބޭފުޅުން ނުވަންނަވާތީ. އެ ދޮގު ތަކުރާރު ނުކުރައްވާތި. އަދި މީހަކު ކަމެއް ނުވެގެން ލަސްވެގެނެއް އުޅޭކަށް ނުވޭ،" އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓްގައި ހުރި މަޝްރޫއުތައް ލަސްވެގެން އުޅެން ނުޖެހޭ ކަމަށާއި މީގެ ކުރިން ވެސް ސަރުކާރުތަކުގައި އެ ކަންކަމަށް ވަގުތު ނަގާފައި އެބަހުރި ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ހަޤީޤީ ތަރައްގީ އަކީ އިންސާނާގެ ވިސްނުމަށް އަންނަ ހެޔޮ ބަދަލު ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.