މިއަހަރުގެ ދައުލަތުގެ ދަރަނި ބޮޑުވެފައި ވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަންޏާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، މިއަހަރު ދައުލަތުގެ ދަރަނި 4.99 ބިލިއަން ރުފިޔާއަށް އަރާފައި ވީނަމަވެސް، އޭގެތެރެއިން މި ސަރުކާރުން ޒިންމާވާން ޖެހެނީ ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާއަށް ކަމަށާއި، މި އަހަރުގެ ދަރަނީގެ ބޮޑު ބަޔަކީ ކުރީ ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ސޮވެރިންގ ގެރެންޓީތަކުގެ ސަބަބުން އިތުރުވެފައިވާ ދަރަނި ކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ދައުލަތުގެ ދަރަންޏަށް 4.99 ބިލިއަން ރުފިޔާ އަރާއިރު، އޭގެތެރެއިން 3.7 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަނި ކަމަށާއި، 1.19 ރުފިޔާއަކީ އެތެރޭގެ ދަރަނި ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި 64.9 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 18 އިންސައްތައިގެ އިތުރުވުމެކެވެ. 

ދައުލަތުގެ ދަރަނި އިތުރުވަމުން އަންނާތީ އެކަމާއި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.