ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓުންނަށް މި ސަރުކާރުގައި ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި ހުރިހާ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަކީ ވާނޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، އެމް.ޑީ.ޕީ ޒުވާނުންގެ ކޮންގްރެސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ބައެއް އެކްޓިވިސްޓުން ހާލުގައި ޖެހި މަގުމަތިވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށްވެސް ކޮންމެވެސް ކަމެއް އޮންނަން ވާނެ ކަން ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރުގެ އެކި މުވައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 700 ނުވަތަ 800 ވަރަކަށް މިލިއަން ރުފިޔާ ޚަރަދު ކުރާކަމަށާއި  އެހެންކަމުން ހުރިހާ އެކްޓިވިސްޓުންނަށް ވަޒީފާ ދީފައި ތަރައްޤީއަށް އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، އެމްޑީޕީގެ މުޒާހަރާތަކުގައި މީގެ ކުރިން އެ ޕާޓީގެ "ފްލެގްމޭން"ގެ ގޮތުގައި މަޝްހޫރިވި މީހަކު އަޅާލާނެ މީހަކު ނެތި ސަލާންޖަހަން މާރުކޭޓް ސަރަހައްދުގައި އިންނަ ކަމަށް ބުނެ ފޮޓޯތަކެއް އިއްޔެ މީސްމީޑިއާގައި ދައުރުވެފައިވެސް ވަނިކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.