އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) ކަނޑައެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ޕްރީ ކޮންގްރެސް ވޯކްޝޮޕްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މިނިމަން ވޭޖު ކަނޑައެޅުން ލަސްވަނީ ކުރިން ސަރުކާރުން ބަލަން ބޭނުންވާ ކަންކަމާއި ދިރާސާ ކުރަންޖެހޭ ކަންކަން ހުރުމުން، އެކަމަށް ވަގުތު ބޭނުންވާތީ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިނިމަމް ވޭޖް ކަޑައަޅަން ޖެހެނީ ޖެހެނީ މުޅި ދިވެހިރާއްޖޭގެ އިގްތިސާދާއި ވަޒީފާގެ ފުރުސަތުތަކަށްވެސް އެންމެ ރަނގަޅަށް ކަމަށާއި، އެކަން އެގޮތަށް ނުކުރެވިއްޖެނަމަ އެކަމުން ނުބައި އަސަރެއް ކޮށްފާނެ ކަމަށެވެ.

ދިވެހި ރާއްޖޭގައި އެންމެ ކުޑަކޮށް ދެވޭނެ މުސާރަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ވަނީ ވިދާޅުވެފައެވެ. 

މިނިމަން ވޭޖު ކަނޑައެޅުން ލަސްވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.