އެމްޑީޕީގެ މުޒާހަރާތަކުގެ އިސް ސަފުގައި އެޕާޓީގެ ދިދަ ހިފައިގެން މީގެ ކުރިން ފެނުނު "ފްލެގް މޭން" ހޯދުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީ އިން ފަށައިފިއެވެ.

އެމްޑީޕީގެ "ފްލެގް މޭން" އަށް އަޅާލާނެ މީހަކު ނެތި، މަގުމަތިވެ، ސަލާން ޖަހަން މާރުކޭޓު ކައިރީގައި އިންނަ ކަމަށް ބުނެ ފޮޓޯތަކެއް މިއަދު މީސް މީޑިޔާގައި ވަނީ ދައުރުވެފައެވެ.

އެ ފޮޓޯތައް މީސް މީޑިޔާގައި ދައުރުވުމާއި އެކު، ޖެންޑަރ މިނިސްޓްރީން ބުނީ އެ މީހާ ހޯދުމުގެ މަސައްކަތް މިނިސްޓްރީގެ ކޮމެޓީއަކުން ކުރަމުން އަންނަ ކަމަށާއި، އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެ މިނިސްޓްރީގެ ނަންބަރ 1412 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުން އެދޭ ކަމަށެވެ.

އެމްޑީޕީގެ "ފްލެގް މޭން" މަގުމަތިވެފައިވާ ފޮޓޯތައް އާންމު ވުމާއި އެކު ގިނަ ބަޔަކު ދަނީ އެކަމާއި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ނުރުހުން ފާޅުކޮށް، ޝުއޫރު ފާޅު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.