ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅުކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނެފައިވަނީ ރަސޫލާ (ސ.އ.ވ.) އުފަންވެވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އާއިލާގެ ބޭފުލުން ދޫކުރައްވައި މާއްކާއިނން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުގުޅު ފެއްޓެވީ ދީނުގެ ދިފާއުގައި ކަމަށެވެ. 

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖެއްސުންކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

އަދި ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއި އެކު ތިބޭނެކަމުގެ ފިލާވަޅަކީވެސް ހިޖުރައިން ލިބޭ ފިލާވަޅެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.