ހުޅުލެއާއި މާލެ އާއި ދެމެދު އަޅާފައިވާ ބްރިޖަށް އަހަރެއް ވުމާއި ގުޅިގެން އިންސްޕެކްޝަނަށް ބްރިޖުގެ އެއްފަޅިި ބަންދުކުރުމަށް ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ބްރިޖްގެ މާލެއިން ހުޅުލެއަށް ދާން އޮންނަ ފަޅި އިންސްޕެކްޝަނަށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުކަމަށެވެ. 

އެގޮތުން ހުކުރު އަދި ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން މެންދުރު ފަހު 14:00 އަށް ބްރިޖްގެ މާލެއިން ހުޅުލެއަށްދާ ފަޅި ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އެ ވަގުތުތަކުގައި ބްރިޖްގެ ހުޅުލެއިން މާލެއަށް އަންނަ ފަޅި ދެކޮޅަށް ދުއްވޭ ގޮތަސް ބަދަލުކުރާނެކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. 

ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި ލޯންގެ ދަށުން އަޅާފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އެއްބަސްވުމުގައި ވާގޮތޮށް ބްރިޖް އެޅުމަށްފަހު ދެ އަހަރު ވަންދެން ބްރިޖް ބަލަހައްޓަންޖެހޭނީ އެ މަސައްކަތްކުރި ކުންފުނިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.