ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުން ވަޅުލައިފިއެވެ.
ހދ.ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސްމީހުން ވަޅުލައިފިއެވެ. ފަސްމީހުން ވަޅުލާފައިވަނީގައި މިރޭ މެންދަމުގެ ވަގުތެއްގައެވެ. އެ ހާދިސާގައި ނިޔާވެފައިވަނީ، ނޮޅިވަރަންފަރު ސުކޫލުގެ ޒަމާންވީ ޚިދުމަޔްތެރިޔާ ހުސެއިން އަބްދުﷲ، އުނިމާގެ (ބޮޑު ޓީޗަރު)، އާއި ބޮޑު ޓީޗަރުގެ އަންހެނުން މަރިޔަމް މަނިކާއި، ދެމަފިރިންގެ ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި އޭނާގެ ދަރިފުޅު އިޔާ ޝިފާޒްގެ އިތުރުން، އައިޝަތު އަލީ އެވެ.
ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވާފައިވަނީ ހަނިމާދޫގައެވެ، ޖަނާޒާގައި ބައިވެރިވުމަށް ނޮޅިވަރަންފަރުގެ ގިނަ ރައްޔިތުންތަކެއްވަނީ ހަނިމާދޫއަށް ގޮސްފައެވެ.
ޖަނާޒާގައި ބައިވެރިވުމަށް، ނިޔާވި ކުޑަކުއްޖާގެ ބައްޕަ ޝިފާޒުގެ އިތުރުން ޤައުމީ ޓީމުގެ މިޑުފީލްޑަރު އިބްރާހިމް ވަހީދު ވަނީ ހަނިމާދޫއަށް ގޮސްފައެވެ.
ޖަނާޒާގައި ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ. މިއަދު ހިނގާދިޔަ ހާދިސާއާއި ގުޅިގެން މުޅި ރާއްޖޭގެ ރައްޔިތުން ދަނީ ހިތާމަފާޅުކުރަމުންނެވެ.