ޚަބަރު
އެމްއެމްޕީއާރްސީއާ ގުޅިގެން އަތޮޅުތަކުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާނަން: ފައިސަލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ) އާ ގުޅިގެން އަތޮޅުތަކުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރަން ބޭނުންވާ އިންވެސްޓަރުންނަށް ވަކިވަކި އަތޮޅުތަކަށް ފޯކަސްކޮށް ޕްރޮމޯޓްކުރުމަށް ފެއާތަކެއް އެމްއެމްޕީއާރްސީއާ ގުޅިގެން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވަނީ ރިސޯޓް ތަކަށާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން ވަކިން ދެނެގަނެ، ގެސްޓް ހައުސް ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކައި ހާއްސަ ފެއާތަކެއް ބާއްވަން ނިންމާފައިވާކަން އިއުލާން ކުރައްވާފަ އެވެ. އަދި މިއީ ގެސްޓް ހައުސް ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވެގެން ދާނެ ކަމެއްކަމަށާއި ގެސްޓް ހައުސް ޓޫރިޒަމްއަށް އިތުރު ޒުވާނުން ޝައުގުވެރި ކުރުވާނެ ކަމެއްކަމަށެވެ.

“ރާއްޖޭގަ މިއޮތީ ‘ވަން އައިލެންޑް، ވަން ރިސޯޓް’ ސެގްމެންޓާއި ލޯކަލް ޓޫރިޒަމް. އެހެންވީމަ އަޅުގަނޑުމެން އަތޮޅު ވައިޒްކޮށް ޕްރޮމޯޓް ކުރެވޭނެ ގޮތެއް ހޯދާނަން. އެއީ މިސާލަކަށް މާލެ އަތޮޅު، އައްޑު އަތޮޅު، ފުވައްމުލަށް، ގއ، ގދ، އެގޮތަށް މުޅި ރާއްޖެ ހިމެނޭހެން އެމްއެމްޕީއާރްސީން އެ މަސައްކަތް ކުރާނެ.” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ މި ދެ ސެގްމެންޓް މާކެޓް ކުރާއިރު ކުރާނީ ދެ ސެގްމެންޓް ވަކިން ކަމަށެވެ. އަދި މިއީ ލޯކަލް ޓޫރިޒަމްއަށް ކޮށްދެވޭ ވަރަށް ބޮޑު މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އޭޖީގެ މަޝްވަރާއާ އެކު ގާނޫނުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރާ ފަރާތްތަކަށް ފަސޭވާނެ ގޮތަކަށް ކަންކަން ބައްޓާން ކުރެވޭނެ ގޮތްތައް ބަލާނެކަމަށްވެސް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top