ލޯންޗް ބަންޑުން ޖަހާލާ ފަސް މީހުން ނިޔާވި ހާދިސާގައި ލޯންޗްގައި ތިބި އެއްވެސް މީހަކު ލައިފްޖެކެޓް ނާޅާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ 23 ފޫޓުގެ ލޯންޗް ބަންޑުންޖަހާލާފައިވަނީ ހަނިމާދޫ ކައިރިއަށް ކަމަށެވެ. އަދި އެމައުލޫމާތު އެމްއެންޑިއެފަށް ލިބުމާއި އެކު ވަގުތުން ހަރަކާތްތެރި ވެފައިވާކަމަށެވެ. 

އަދި ލޯންޗްގައި ތިބި އެއްވެސް މީހަކު ލައިފްޖެކެޓް ބެނުންކޮށްފައިނުވާކަމަށާއި، މޫސުން ގޯސްއިރު ދަތުރު ކުރާއިރު ލައިފްޖެކެޓް އަޅައިގެން ތިބުމަށް އިލްތިމާސްކުރާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. 

ލޯންޗް ބަންޑުންޖަހާލި ހާދިސާގައި ޖުމުލަ 5 މީހަކު ނިޔާވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ކުޑަ ކުއްޖަކައި ފިރިހެނަކާއި 3 އަންހެނުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.