ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތް ބިޝާމް މިހާރުން މިހާރަށް މަޤާމުން ދުރުކުރަންޖެހޭކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މުސާ ސިރާޖް ވިދާޅުވެއްޖެއެވެ.
މޫސާ ސިރާޖް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ދާކަމަށްބުނެ ބިޝާމް ޕީޖީގެ މަޤާމުގައި ބަހެއްޓުމަކީ ދެއްކޭނެ ބަހަނާއެއް ނޫންކަމަށެވެ. އަދި ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދަނީ އެމަނިކުފާނަށް މަންފާވާ ގޮތަށްކަމަށް މުސާ ސިރާޖް ވިދާޅުވިއެވެ. އަދި އެމައްސަލައިގައި އިޖުރާއީ އެތައްކަމެއް ގޯހުން ހިނގަމުން އަންނަކަމަށް މުސާ ސިރާޖް ވިދާޅުވިއެވެ.
ޕީޖީ ބިޝާމް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެ ދެގޮ މައުލޫމާތު ވެސް ދެއްވާފައިވާކަން ހާމަކުރައްވާ މޫސާ ސިރާޖް ވިދާޅުވީ ޕީޖީގެ މަޤާމުގައި ބިޝަމް ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.