ހދ. ނޮޅިވަރަންފަރުން ފުރައިގެން 10 މީހުނާއެކު ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗު ބަންޑުޖަހާލި ހިތާމަވެރި ހާދިސާގައި ނިޔާވި 5 މީހުންގެ ތެރެއިން 4 މީހުންނަކީ އެއް އާއިލާގެ ހަތަރު މީހުންނެވެ.

ނިޔާވެފައިވަނީ ކުޑަ އަންހެން ކުއްޖަކާއި، އެކުއްޖާގެ މަންމަގެ އިތުރުން އެ ކުއްޖާގެ ކާފައާއި މާމައެވެ. 

ލޯންޗު ބަންޑުން ޖަހާލައިގެން ކަނޑަށް ދަތުރުކުރި މީހުންތައް ގެއްލުމުން ސިފައިންނާއި ފުލުހުން އަދި އާންމު މީހުން ކުރި މަސައްކަތުން އެންމެވެސް ވަނީ ހޯދާފައެވެ. ނަމަވެސް 5 މީހަކު ނިޔާވެފައިވާއިރު، އަނެއް ފަސް މީހުންނަށް ހަނިމާދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުން އެބަދެއެވެ. އަދި އެމީހުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށްވެސް މަރުކަޒުން މައުލޫމާތުދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *