ހދ. ނޮޅިވަރަންފަރުން ފުރައިގެން 10 މީހުނާއެކު ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗުގައި ދަތުރުކުރި 10 މީހުން ފެނިފައިވާއިރު 5 މީހުން ނިޔާވެއްޖެއެވެ. 

ކަނޑުގަދަވެ ލޯންޗު ބަންޑުން ޖަހާލައިގެން، ލޯންޗުގައި ދަތުރުކުރި މީހުން ހޯދުމަށް ސިފައިންނާއި ފުލުހުން އަދި އާންމުން މަސައްކަތްކޮށް 10 މީހުން ހޯދާފައިވާއިރު ސަލާމަތްވެފައިވަނީ 5 މީހުންނެވެ.

ހަނިމާދޫ ހެލްތު ސެންޓަރުގައި ހުރި އެރަުގެ ރައްޔިތަކުވަނީ "ޖަޒީރާނިއުސް" އަށް މިކަން ކަށަވަރުކޮށްދީފައެވެ.

ސިއްހީމަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އެކްޓިން މެނޭޖަރު ޒުބައިދާ އިބްރާހިމް ވިދާޅުވީ، 10 މީހުން މަރުކަޒަށް ގެނެސްފައިވާކަމަށާއި، އޭގެ ތެރެއިން ފަސް މީހުން ނިޔާވެފައިވާކަމަށެވެ. އަދި ފަރުވާ ދެމުންދާ 5 މީހުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށްވެސް ޒުބައިދާ ވިދާޅުވިއެވެ.

ނިޔާވެފައިވާ 5 މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ 4 މީހުން ހިމެނެއެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ކުޑަ އަންހެން ކުއްޖަކާއި، 3 އަންހެނުންގެ އިތުރުން ފިރިހެނެކެވެ.

މި ދުވަސްވަރު މޫސުން ގޯސްކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން ދަނީ އިލްތިމާސްކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.