ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކުރި ގޮތުގެ ސައްޚަކަމާއި މެދު ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒް ސުވާލު އުފައްދަވައިފިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުން ބައެއް ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގައި ހުށަހެޅިފަިއވާ މައްސަލައިގައި އެހެން ގޮތަކަށް އަންގަންދެން އަދީބު ރިމާން ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށެވެ. އަދި އެހެން އިށްވާ ޓެގް އެޅުވުމަށްފަހު ގޭ ބަންދަށް ބަދަލުކުރެވުނީ ސުޕްރީމް ކޯޓުން އެގޮތަށް އަންގައިގެންތޯ މުއިއްޒުވަނީ ސުވާލު އުފައްދަވާފައެވެ. އަދި ގެޔަކީ ރިމާންޑް ޖަލެއްތޯވެސް މުއިއްޒު ވަނީ ސުވާލުއުފައްދަވާފައެވެ. 

އަދީބު ގޭ ބަންދަށް ބަދަލުކުރި ކުރުމުގެ ސައްޚަ ކަމާއި މެދު ކުރީގެ ޕީޖީ މުއިއްޒު ސުވާލު އުފައްދަވާފައިވާއިރު، އަދީބު ހައްޔަރުކޮށް ޖަލަށް ލާފައިވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ފިލައިގެން އިންޑިއާ އަށް ދިޔުމާއި ގުޅިގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.