ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން ވަކިކުރަމުން ދަނީ ޤާނޫނުތަކާއި ޚިލާފަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުން އަންނަ ގޮތުން ޑިއު ޕްރޮސެސް ގެއްލިފައިވާކަމަށެވެ. އަދި ޤާނޫނުއަސާސީގައިވާ ގޮތާ ހިލާފަށް ފަނޑިޔާރުން ވަކިކުރުމުން ޤާނޫނުން ލިބޭ ރައްކާތެރިކަން ގެއްލޭކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. 

"ވެފައިވާއިރު މަޖިލީހުން ބަލަނީ ޤާނޫނުއަސާސީއާ ހިލާފަށް ކަން ކުރަން ފަހިކުރަން" ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ. 

ޑރ. ޖަމީލް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަޤާމުން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި ޑރ. ޖަމީލް ވަނީ ފަނޑިޔާރު ޑީޑީގެ ޤާނޫނީ ވަކިލްގެ ހައިސިއްޔަތުން ޖޭއެސްސީން ކުރިއަށް ގެންދިޔަ ތަހުޤީޤުގައި ބައިވެރިވެވަޑައިގެންފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.