ގަންޖާ ހުއްދަ ކުރަން ވިސްނަންތޯ، ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހޯމް މިނިސްޓާރ އިމްރާން އަބްދުﷲ އަރިހުން ސުވާލުކުރައްވައިފިއެވެ.

މަޖިލީހުގައި ހޯމް މިނިސްޓާރ އިމްރާން އަބްދުﷲ އާއި ސުވާލު ކުރުން ކުރިއަށް ގެންދިޔަ އިރު ޖާބިރު ވަނީ "ލީގަލް މަރްޖުއާނާ" ހުއްދަ ކުރަން ވިސްނަންތޯ މިނިސްޓާރ އިމްރާން ކުރެ އައްސަވާފައެވެ. 

"އިއްޒަތްތެރި ވަޒީރާއި އަޅުގަނޑު ކޮށްލަންބޭނުންވާ ސުވާލަކީ، ލީގަލް މަރްޖުއާނާ ރާއްޖޭގައި ހުއްދަކުރުމަށް މަނިކުފާނު ކީއްވެގެންތޯ ނުވިސްނަނީ. ދުނިޔޭގައި މިހާރު އެއީ ބޭހެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް. އެހެންވީމާ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެތައްބަޔަކު، އިއްޒަތްތެރި ވަޒީރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ޖަލުގައި ތިބި މީހުންނަކީ، ބުއްދިއެއް ހުރި މީހަކު ވިއްޔާ ޖަލުގައި ތިބީ."

ޖާބިރުގެ އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓާރ އިމްރާން ވިދާޅުވީ ރާއްޖޭގައި އެއްވެސް ބާވަތެއްގެ މަސްތުވާއެއްޗެއް ހުއްދަނުކުރާނެ ކަމަށާއި، އަދި އެކަމަށް ނުވެސް ވިސްނާނެކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.