ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް 206 ކުށްވެރިންނަށް މާފު ދެއްވާ މިނިވަން ކުރައްވާފައިވާކަމަށް ހޯމް މިނިސްޓާރ އިމްރާން އިބްދުﷲ ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓާރ އިމްރާން ވިދާޅުވީ، ރައީސް ސޯލިހް މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައްޔިތުންގެ ޝަކުވާއާއި ހާލަތަށް ބަލައި އަދި ކުށްވެރިންގެ އެކި ކުށްތަކުގެ ހާލަތާއި އަދަބަށް ބެލުމަށްފަހު، މާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން 206 ކުށްވެރިންނަށް މާފު ދެއްވާފައިވާކަމަށެވެ. އަދި އެމީހުންނަށް މާފުދީ މިނިވަން ކުރުމުގައި ބަލާފައިވަނީ މާފްދިނުމާއި އަދަބުލުއިކޮށްދިނުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ކަމަށް މިނިސްޓާ ވިދާޅުވިއެވެ. އަދދި އެއްވެސް ބޮޑު ކުށެއްކޮށްފައިވާ މީހަކަށް މާފުދީފައި ނުވާނޭ ކަމަށްކަމަށް ވިދާޅުވިއެވެ.

މިނިސްޓާރ އިމްރާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް އެއްވެސް ކުށްވެރިއަކު ދޫކޮޮށްފައި ނުވާނޭކަމަށެވެ. 

މީގެއިތުރުން 79 ކުށްވެރިއަކަށް އަދަބު ލުއި ކޮށްދީފައިވާކަމަށް ވެސް މިނިސްޓާރ އިމްރާން ވިދާޅުވިއެވެ. 

މީގެ އިތުރުން 400 އާއި ގާތްކުރާ އަަދަދަކަށް މީހުން ހުކުމް ކުރެވެންދެން ބަންދުގައި އެބަތިބި ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓާއި އެކު މަޝްވަރާ ކުރަމުން އަންނަކަމަށް މިނިސްޓާރ އިމްރާން ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.