ސްޕެނިޝް ލީގުގައި އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ވިޔަރެއާލްއާ ދެކޮޅަށް ރެއާލް މެޑްރިޑް ނިކުންނައިރު އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް ނުކުޅެވުމެވެ.

ލީގުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުން ރަށުން ބޭރުގައި ސެލްޓާ ވިގޯ އަތުން 3-1 އިން މޮޅުވިނަމަވެސް، އެންމެފަހުން ރެއާލް ވަޔަޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ރެއާލްގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި، ބެލްޖިއަމްގެ ވިންގާ އެޑެން ހަޒާޑްގެ އިތުރުން ހަމޭސް ރޮޑްރިގޭޒް އާއި ބްރަހިމް ޑިއާޒް އަދި މާކޯ އަސެންސިއޯ ހިމެނެއެވެ.

މީގެއިތުރުން، ރެއާލަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ވެސް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ސްކޮޑުގެ އެހެން ކުޅުންތެރިންނާ މުޅީން ވަކިން މިވަގުތު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނައިރު، ސްޕެއިނުގެ މިޑްފީލްޑަރު އިސްކޯ އަށް އަނިޔާވެ އެ ޓީމަށް ކުރިއަށް އޮތް ދެ މެޗުގައިވެސް ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ.

އެގޮތުން، އިސްކޯގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެކަން  ރެއާލްގެ މެޑިކަލް ޓީމުން ކަށަވަރުކޮށްދީފައިވާއިރު، ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިސްކޯއަށް ލިބުނު މި އަނިޔާގެ ސަބަބުން ތިން ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.